A movement for sustainable tourism, where by it benifit the comunities and individual and brings about positive attitude towards tourism.

Wednesday, June 16, 2010


ދިވެހިރާއްޖޭގެ ރަށްތަށް އުފެދިފައިހުންނަނީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް، މިކަމުން ނުހަނުގިނަ ތަކުލީފްތަކެއް ދިވިހީން އުފުލަން ޖެހޭ. ދިވެހިރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުން ނަކީ އެތަކެއް ކަމަކުން މަހުރޫމް ކުރެވިފައިވާ ބައެއް، ރިސޯޓް ބަންދުގައި ދުވާލް ހަތަރުދަން ހޭދަކުރާ ބެއް ، އަމިއްލަ އިޙްތިޔާރުން ބޭރުވެފައިވާބައެއް. މަސައްކަތް ނިމުމުން ކާން އޭރުހުންނަ އެއްޗެއް ކާލައިގެން، ނިދަން ދައްކާތަނެއްގައި ނިދާ، އަދި ކެއުމުގަޔާ ނިދުމުގައި އުޅޭ ސަރަހައްދު ފިޔަވައި ދެން އެއްވެސްސަރަހައްދަކަށް އެރުން މަނާ ކުރެވިފައިވެއެވެ. އަމިއްލަ އިޙްތިޔާރުގައި ތަނުން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނޯވެ. ގިނަ މުވައްޒަފުންނަށް ރަށުން ބޭރަށް ދާންފުރުސަތު ލިބެނީ އަހަރަކު އެއްފަހަރު.
މިކަން މިގޮތަށް މޫއެޅިފައިވުމުން އެތަކެއް ފަރުދީ މިނިވަން ކަމެއް ނިގުޅައި ގަނެވޭ. ދެވަނަ ބޮޑު ހަގުރާމައިގެ ފަހުން ތައާރަފުވީ ޗައިނާ މީހުން އެކިއެކި ގައުމުތަކުގައި އަޅުން ގެންގުޅޭ ގޮތަށް ވަޒީފާ އަދާކުރުން، އެއީ އިތުރުގަޑިޔައް ނުބަލައި މަސައްކަތް ކުރުވުމާ، ކުދި ކުދި ސަރަހައްދުތަކުގައި ބަންދުކޮށްގެން ގެންގުލުން، މިކަންތަށް އުވި ދިޔައީ މިއީ އިންސާނިއްޔަތާ ޙިލާފު އަމަލެއްކަމަށް ދެކި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްގެން.
ވީމާ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހީންނަށް ވާ ހައްގުތަކެއް ވާކަން ކަށަވަރު، ރިސޯޓުތަކަކީ ޖަލެއްކަމަށް ނުބުނެވޭނެ، ނަމަވެސް އަޅުގަޑުމެންގެ ރާއްޖެ 1972 ގައި ފެށި އިގުތިސާދު އަދިވެސް ތަފާތުކަމެއް ނެތި އަމަލުކުރާ ގޮތަކީ މުވައްޒަފުންގެ ހައްގުތަށް. ގާމާދޫ ނުވަތަ ދޫނިދޫ އަކީ ރިސޯޓަކަށް ވިނަމަ އެތާގާ ތިބޭ މީހުންގެ ހައްގުގެ ވާހަކައެއް ނުދައްކާނެ.

1 comment:

  1. mee hama varah rangakhu vaahakaeh mee hama haqeegah. resort thakuge staffun naa dheytherey gai manage ment thakun hadhaniy hama hadhaane gotheh. khassakoh dhivehi management thakun...

    ReplyDelete